ޕާކިސްތާނު ހައިކޮމިޝަނުން، އިސްލާމިކް މިނިސްޓްރީއަށް 10 ކޮމްޕިއުޓަރާއި 7 ލެޕްޓޮޕް ހަދިޔާކޮށްފި

ޕާކިސްތާނު ހައިކޮމިޝަނުން، އިސްލާމިކް މިނިސްޓްރީއަށް 10 ކޮމްޕިއުޓަރާއި 7 ލެޕްޓޮޕް ހަދިޔާކޮށްފި

ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުން، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 10 ކޮމްޕިއުޓަރ ސިސްޓަމާއި 7 ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، ޕާކިސްތާން ހައި ކޮމިޝަންގެ ފަރާތުން ސިސްޓަމްތައް ހަވާލު ކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީއެވެ. މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ހައިކޮމިޝަނުން ހަދިޔާ ކުރެއްވި ސިސްޓަމްތައް ހަވާލު ކުރެއްވުމުން އިސްލާމިކް މިނިސްޓްރީން ވަނީ ޕާކިސްތާނު ހައިކޮމިޝަނަރަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *