ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ އަވަހާރަ ވެއްޖެ

ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ އަވަހާރަ ވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހުގެ މަންމާފުޅު، މޫމިނާ ޙުސައިންފުޅު މިއަދު އަވަހާރަ ވެއްޖެއެވެ.

އުމުރުފުޅުން 80 އަހަރުގެ މޫމިނާ ޙުސައިންފުޅު އަވަހާރަވީ އާލާސްކަންފުޅަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރައީސް އިބްރާހިމް މުޙަންމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހު އާއި ރައީސް މައުމޫން، ރައީސް ޔާމީންގެ ޕާސަނަލް ސެކްރެޓަރީކަންވެސް ކުރެއްވި ފާތުމަތު ސޯލިހުގެ މަންމާފުޅަކީވެސް މޫމިނާއެވެ. ބޭފުޅުންނެވެ. އަދި ކީރިތި ޤުރުއާން ހިތުދަސް ކުރައްވައި، ޙާފިޒު ކަމުގެ ސަނަދު ނަންގަވާފައިވާ ދެދަރިކަލުންވެސް މޫމިނާގެ ތިއްބައެވެ.

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން، ރައީސް ސޯލިހަށާއި، އެ އާއިލާއަށް ގިނަބަޔަކު ދަނީ ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑީޔާގައިވެސް ފޮނުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *