އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮށްޓަކަށް ދެމީހަކު ވައްދައި ތަޅުލި މައްސަލަ ބަލަން ފަށައިފި

އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮށްޓަކަށް ދެމީހަކު ވައްދައި ތަޅުލި މައްސަލަ ބަލަން ފަށައިފި

މާލޭ، އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮއްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ މީހަކު ކޮއްޓަކަށް ލައިގެން އުޅުނު މައްސަލައެއް ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ދެ ފިރިހެނަކު ބޮޑު ދޫނި ކޮއްޓަކަށް ލައި ތަޅުލައިގެން އުޅުނު ވީޑިޔޯ، ސޯޝަލް މީޑިޔާގައިވެސް އަންނަނީ ދައުރުވަމުންނެވެ. އެ ދެ މީހުން ވާހަކަ ދައްކާ އަޑު އެ ވީޑިއޯ އިން އިވޭއިރު، ބެލެވޭ ގޮތުގައި ކޮއްޓަށް ލީ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.

ކޮށީގައި އެކަކު އިނީ އިށީނދެގެންނެވެ. އަނެކަކު ކޮޅަށް ހުރެގެން، ވަގުތުކޮޅެއް ދޭން އެދެމުން ދިޔައެވެ. ފައިސާ އަނބުރާ ދޭނެކަމުގެ ޔަގީންކަންވެސް އޭނާ ދިނެވެ. ބޮޑު އަދަދަކުން އެ ދެ މީހުން ފައިސާ ދޭން ޖެހިފައިވާ ކަމަށް، ކޮށީގެ ބޭރުގައި ހުރެ ވާހަކަ ދެއްކި މީހަކު ބުނާ އަޑު ވީޑިއޯގައި އިވެއެވެ. އަދި ކޮށީގެ ބޭރުގައި ހުރި މީހަކު ހޮޅިއަކުން އެ މީހުން ގަޔަށް ފެން ޖަހާތަންވެސް އެ ވީޑިއޯއިން ފެނެއެވެ.

މިކަން ހިނގީ، ފުލުހުން ބުނެފައިވާ ގޮތުގައި، ރެސްޓޯރެންޓަކުން ކައިގެން ބިލް ނުދެއްކި މައްސަލައެއްގައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި ފަހުން ވަނީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *