އެޗްޑީސީން ވަކިކުރި މުވައްޒަފަކަށް ފްލެލް ގަތުމުގެ ފުރުސަތުދީ، ވަޒީފާއަށް ހުރަސް ނާޅަން އަންގައިފި

އެޗްޑީސީން ވަކިކުރި މުވައްޒަފަކަށް ފްލެލް ގަތުމުގެ ފުރުސަތުދީ، ވަޒީފާއަށް ހުރަސް ނާޅަން އަންގައިފި

އެޗްޑީސީގެ މެނޭޖަރު ކަމުން ވަކިކުރި އަހްމަދު އިސްމާއީލްއަށް ފްލެޓް ގަތުމުގެ ފުރުސަރު ލިބިފައިވާތީ އެކަމާދެކޮޅަށް އެއްވެސް ކަމެއް ނުކުރުމާއި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާގެ ސަބަބުން ލިބިފައި އޮތް އަދި ލިބެމުން ދިޔަ އިނާޔަތްތަކާއި ފުރުސަތުތައް އިއާދަ ކުރުމަށް ހުރަސްއެޅ،ި ޤާނޫނީ ބާރުވެރިކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

މިއީ، މއ. ހިންނަވަރު އަހްމަދު އިސްމާއީލް، އެޗްޑީސީގެ މެނޭޖަރެއްގެ މަގާމުން ވަކިކުރުމާއި ގުޅިގެން 22 ޖެނުވަރީ 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އަހްމަދު އިސްމާއީލް ޓްރައިބިއުނަލްގައި އެދިފައި ވަނ،ީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސާބިތު ނުހިފޭ ތުހުމަތު ތަކެއްގެ މައްޗަށް ކަމަށާއ،ި އޭނާ ވަޒީފާއިން ވަކިކުރުމަށް ތަހުގީގު ހިންގާފައި ވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނާއި، ހެއްކާބެހޭ ޤާނޫނާ ޚިލާފަށް ކަމަށާއ،ި ތަހުގީގު ހިންގާފައި ވަނީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށާއ،ި އެއީ ކުރިއާލައި ވަކިގޮތެއް ނިންމައިގެން ތިބެ، ވަކި ފަރާތަކަށް ބުރަވެގެން ހިންގާފައިވާ ތަހުގީގެއް ކަމަށާއ،ި އެ ތަހުގީގު ހިންގި ކޮމިޓީއަށް ނުބެލެވޭނެ ނުވަތަ 'ލިމިޓޭޝަން ޕީރިއެޑް' ހަމަވެފައިވާ ތުހުމަތު ތަކެއް ބަލާފައި ވާކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އިންސާފު ގާއިމު ކުރުމެއްނެތި ކަމަށާއ،ި އިޖުރާއީ އިންސާފު ގާއިމުނުކޮށް، ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއ،ި އެކަމާ ގުޅޭ ގޮތުން ކޯޓު ތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި 20 ނޮވެންބަރު 2023 އިން ފެށިގެން އޭނާއަށް މުސާރަ ދީފައި ނުވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށްވެސް އޭނާ ހުށަހަޅާފައިވެއެވެެ.

އޭގެ އިތުރުން އަހްމަދު އިސްމާއީލަކީ އެޗްޑީސީގެ މެނޭޖަރު ކަމުން ވަކިވެފައިވާ ފަރާތެއްނޫން ކަމަށް ކަނޑައެޅުމަށާއި، އަދާކުރަމުން ދިޔަ ވަޒީފާގެ ސަބަބުން ގަތުމުގެ ފުރުސަތު އޭނާއަށް ލިބުނު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ 'ކްރީކް ރެސިޑެންސް’ގެ ފްލެޓް ގަތުމުގެ ފުރުސަތުގެ އިތުރުން ލިބެމުން ދިޔަ އިނާޔަތްތަކާއެކު އޭނާ ހުރި މަގާމަށް ރުޖޫއަ ކުރުމަށާއި، އިންސާފުވެރި ބަދަލެއްގެ ގޮތުގައި ވަޒީފާ އިއާދަކުރާ ތާރީޚާއި ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭންޖެހޭ ކަމަށާއި ސަބަބެއް އަދި އަސާސެއް ނެތި މުސާރަ ހިފެހެއްޓުމުން އޭނާގެ އަސާސީ ހައްގަކަށް އަރައިގަނެފައި ވާތީ 'އެގް ރަވޭޓެޑް' އަދި 'ޕިއުނިޓިވް' ޑެމޭޖަސް ނަގައިދެއްވައ،ި މައްސަލަ ނިންމައި ދިނުމަށާއ،ި ވަޒީފާ އިއާދަކޮށް ނުދޭނަމ،ަ އަދުލުވެރި ބަދަލެއް މިންކޮށ،ް އެ ބަދަކު ދިނުމަށް ކަނޑައަޅައ،ި އޭނާގެ މުސާރަ ހިފެހެއްޓުމުން އަސާސީ ހައްގަކަށް އަރައިގަނެފައި ވާތީ 'އެގްރަވޭޓެޑް' އަދި 'ޕިއުނިޓިވް' ޑެމޭޖަސް ނަގައިދެއްވައ،ި މައްސަލަ ނިންމައި ދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ ހުށަހެޅުން ތަކަށް ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، މި މައްސަލައިގެ މައުލޫގައި ނިންމުމެއް ނިންމުމާއި ހަމައަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، އަހްމަދު އިސްމާއީލަށް، ގަތުމުގެ ފުރުސަތު ލިބިފައިވާ ފްލެޓް އިތުރު ފަރާތަކަށް ދިނުން، ނުވަތަ ވިއްކުން، ނުވަތަ ވިއްކުމަށް ހުށަހެޅުން ނުވަތަ އައްޔަން ކުރުން ނުވަތަ ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށާއ،ި އޭނާ އަދާކުރަމުން ދިޔަ ވަޒީފާގެ ސަބަބުން ލިބިފައި އޮތް އަދި ލިބެމުންދިޔަ އިނާޔަތްތަކާއި ފުރުސަތުތައް އިއާދަ ކުރުމަށް ހުރަސްއެޅ،ި އެ ފަދަ ނިންމުމެއްގެ ޤާނޫނީ ބާރުވެރިކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެޗްޑީސީއަށް އަންގައި އަމުރުކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *