ހައްގުތައް ދޭނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް: ރާއްޖެ

ހައްގުތައް ދޭނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް: ރާއްޖެ

އ.ދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު)ގެ ދަށުން ރާއްޖޭގައި ހައްގުތައް ލިބޭނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސުވިޒަލޭންޑުގެ، ޖެނީވާގައި މިއަދު ކުރިއަށްދިޔަ އައި.ސީ.ސީ.ޕީ.އާރުގެ ރިވިއު ފެށުމުގެ ސެޝަންގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އިސްލާމް ދީނަކީ ދިވެހި ރައްޔިތު ކަމުގެ މައިގަނޑު އެއް އަސާސް ކަމަށެވެ. އުޝާމް ވިދާޅުވީ އެއީ ދިވެހި މުޖުތަމައުގައި ބަދަލު ކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށެވެ.

އަދި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނި އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ތަކަށް އަލި އަޅުއްވާލައްވައި، ރާއްޖޭގައި އައި.ސީ.ސީ.ޕީ.އާރުގެ ހައްގުތައް ލިބިދެވޭނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި، ރާއްޖޭގެ ޤާނޫނު ތަކާއި، އިސްލާމްދީނުގެ އަސްލުތަކާއި އެއްގޮތަށްވާ ގޮތުގެ މަތިން ކަމަށެވެ.

އެ ރިވިއު ސެޝަންއަށް ފަހު ދިވެހި ސަރުކާރުގެ ރިޕޯޓާއި ރިވިއު ސެޝަންގައި އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީއާ ހިއްސާކުރި މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ކޮމެޓީގެ ކޮންކްލޫޑިން އޮބްސަވޭޝަންތަކާ ރިކޮމެންޑޭޝަންތައް ޖުލައި 19، 2024 ގައި ދިވެހި ސަރުކާރާ ހިއްސާ ކުރާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *