ޖިނާއީ ކުށްތަކުގެ ޖޫރިމަނާ ފައިސާ ނުދައްކާ މީހުން ޖަލަށް ބަދަލު ކުރަން އެދެނީ

ޖިނާއީ ކުށްތަކުގެ ޖޫރިމަނާ ފައިސާ ނުދައްކާ މީހުން ޖަލަށް ބަދަލު ކުރަން އެދެނީ

ޖިނާއީ ކުށް ތަކުގެ ޖޫރިމާނާގެ ފައިސާ ނުދެއްކުމަކީ އޮތް ހުއްޖަތެއް ނޫން، ފައިސާ ނުދައްކާ މީހުން ޖަލަށް ބަދަލު ކުރަން އެދެނީ ޖިނާއީ ކުށްތައް ސާބިތު ވުމުގެ ސަބަބުން ޖޫރިމާނާގެ ހުކުމެއް ކޮށްފައިވާ މީހުންގެ ތެރެއިން އެ ފައިސާ ނުދައްކާ މީހުން ޖަލަށް ބަދަލު ކުރަން އެދެން ފަށައިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީން މިއަދު ބުނީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ދޭ މައުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް ދަށު ކޯޓުގައި އެދެން ފަށާފައިވާ ކަމަށެވެ.

ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ހާލަތެއް ކަމަށާއި އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އެމީހަކު އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށް ޕީޖީން ބުންޏެވެ.

ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ޕީޖީން ބުންޏެވެ. އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *