ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންވެގެން ކީހާޅެން ފަރިއްސަށްވެގެންދާއިރު ރައްޔިތުން ބަހެއް ނުބުނެ ހަނު ތިބީ ކީއްވެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފި އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ މާލީ ހާލަތު އޮތްގޮތް ރައީސް މުއިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޔާމީން ވިދާޅުވީ ޓްރާންސިޝަން މުއްދަތުގައި އެކަމުގައި ގާބިލު ބޭފުޅުން އުޅުއްވި ކަމަށާއި އޭރު ވެސް އިގްތިސާދީ ކަންކަމާ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުހެ "ހަނީމޫން ޕީރިއަޑް" ނުނިމެނީސް ސަރުކާރުނަ ބުނާ ހުރިހާ ކަމެއް ކުރަން ރައްޔިތުންކަމަރު ބަންނަން ސަރުކާރުން އަންގައިފި ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭގެއިން ރައްޔިތުންނަށް ދޭ މެސެޖަކީ ރައީސް މުއިއްޒުގެ ބަހާއި އަމަލާ ދިމާ ނުވާކަން ކަމަށް ޔާމީނު ވިދާޅުވި އެވެ.
“ރައްޔިތުންނަށް އެބޭފުޅުން އޯވް ކުރާ އެކްސްޕެލެނޭޝަންތަކެއް. ޖަވާބުދާރީވާން ޖެހޭ ހާލަތުގައޭ މިއޮތީ. ހަމައެކަނި ހިތިބޭސް ބޯ ވާހަކައެއް ނޫނޭ އަޅުގަނޑުމެން ދައްކަންވީ. ކީހާޅެން ފަރިއްސަށްވެގެންދާއިރު ހަނު މި ތިބެނީ ކީއްވެތޯއޭ" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން ވެރިކަމާ ހަވާލުވުމުގެ ކުރިންނާއި ފަހުން ވެސް ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ދެއްވައިފައި ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ރާގު ފަހުން ބަދަލުވެ، ކުރީ ސަރުކާރާ ހެދި ހާލަތު ގޯސްވެފައިވާ ކަމަށް ސަރުކާރުން ދިފާއުގައި ބުނަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.