20 އަހަރުވުމުން ޔުނިވާރިސިޓީ ހެދޭގޮތަށް ކުރިން އޮތްގޮތް 15 އަހަރަށް ދަށް ކުރަނީ

20 އަހަރުވުމުން ޔުނިވާރިސިޓީ ހެދޭގޮތަށް ކުރިން އޮތްގޮތް 15 އަހަރަށް ދަށް ކުރަނީ

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް މުއްދަތުކުޑަ ކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ޝަރުތުގެ ގޮތުގައި ޤާނޫނުގައި މިހާރު އޮންނަނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދު ކެނޑުމެއްނެތި ހިނގަމުން އަންނަތާ 20 އަހަރުވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ދިވެހި ރާއްޖޭގެ މަތީތައުލީމާއި ތަމްރީންގެ ޤާނޫނަށް އިސްލާހު ގެންނަން ފޮނުވާފައިވާ މި ބިލުގައި އެ މުއްދަތު އޮތީ 15 ދުވަހަށް ކުޑަ ކޮށްފައެވެ.

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ފުރިހަމަ ވާންޖެހޭ އިތުރު ހަތް ޝަރުތެއް ވެސް މި ބިލުގައިވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެދުވެން ތިން ދާއިރާ އަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުމާއި، ލެވެލް ހަތަކުން ފެށިގެން މަތީ ކޯސް ތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި، ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުމެވެ.

މީގެ އިތުރުން އެކަޑަމިކް ޕްރޮގްރާމް ތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން %10އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ވުމާއި، ކޮލެޖުުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑު ތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ހުރުންވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *