ބެލްޖިއަމް، ސްލޮވާކިޔާ އަދި ރޫމޭނިއާވެސް ގަދަ 16 އަށް

ބެލްޖިއަމް، ސްލޮވާކިޔާ އަދި ރޫމޭނިއާވެސް ގަދަ 16 އަށް

ރޭ ކުޅެވުނު ޔޫރޯ މުބާރާތުގެ ގްރޫޕް އީގެ ފަހު މެޗުތަކުގެ ނަތީޖާ އާއި އެކު ގްރޫޕުގެ އެއްވަނަ ހޯދައިގެން ގަދަ 16 އަށް ދަތުރުކުރީ ރޫމޭނިއާއެވެ. ބެލްޖިއަމް ރޭގެ މެޗުން ޔޫކްރެއިންގެ އަތުން މޮޅު ނުވެވި އެޓީމުގެ ގަދަ 16 އަށް ދިޔައީ ގްރޫޕުގެ ދެވަނައިގެ ގޮތުގަ އެވެ.

މިގްރޫޕުން ފާހަގަ ކުރެވިފައި ވަނީ ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި ވާ ކަމެވެ. ނޮކް އައުޓް ސްޓޭޖަށް އަށް ދިޔަ ޓީމުތައް ދިޔައީ ގޯލުގެ ތަފާތުން ނެވެ.

ތިން ވަނަ އަށް ދިޔަ ސްލޮވާކިއާ އަށް ވެސް ވަނީ އަށް އަހަރަށް ފަހު ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. އެންމެ ފަހުން، ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނު ޔޫކްރެއިން ވަނީ ގްރޫޕްގެ ފުލަށް ދިއުމުން ކަޓައިފަ އެވެ.

ގްރޫޕްގެ އެއް ވަނަ ހޯދާނެ ކަމަށް ބެލެވުނު ބެލްޖިއަމް ދެވަނަ އަށް ދިއުމުން، އެ ޓީމުން ގަދަ 16 ބުރުގައި ކުޅޭނީ ފްރާންސާ ދެކޮޅަށެވެ.

ބެލްޖިއަމް އަދި ޔޫކްރެއިންގެ މެޗަށް ބަލާއިރު ދެޓީމަށްވެސް ނިންމާލަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެހެންނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނެވެ. ބެލްޖިއަމް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމުގެ ލުކާކޫ އަށް ލިބުނު ރަނުގެ ފުރުސަތުތައް  ނިންމާނުލެވުމުގެ ސަބަބުން ގޯލެއް ޖެހޭގޮތެއް ނުވިއެވެ.

ސްލޮވާކިޔާ އަދި ރޫމޭނިއާ ބައްދަލުކުރި މެޗަށް ބަލާއިރު ރޫމޭނިއާ ގެ ފަރާތުން ފެނުނީ ވަރަށް އެޓޭކިންގް ގޭމެކެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްލޮވޭކިއާ އަދި ރޮމޭނިއާ ވާދަކުރި މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ގޯލު ޖަހާފައެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީ ސްލޮވޭކިއާ އިންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ރޮމޭނިއާ އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ގަދަ 16 އަށް ރޮމޭނިއާ ދަތުރު ކޮށްފައިވާއިރު، މިއީ 2000 ވަނަ އަހަރަށް ފަހު ރޮމޭނިއާ ޔޫރޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *