ރާއްޖޭގެ ރޭޓިން ސީސީސީ ޕްލަސްއަށް ފިޗުން ދަށްކޮށްފި

ރާއްޖޭގެ ރޭޓިން ސީސީސީ ޕްލަސްއަށް ފިޗުން ދަށްކޮށްފި

ދަރަނީގެ އަދަދު މަތިވުމުގެ ސަބަބުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" ގެ ރޭޓިންއިން "ސީސީސީ ޕްލަސް" އަށް ފިޗުން ދަށްކޮށްފި އެވެ.

ފިޗުން ބުނީ ރާއްޖެ ރޭޓުކޮށް ނެރުނު ބަޔާނުގައި ބުނީ ބޭރު ފައިސާގެ ލިބުމުގައި ދަތިކަން ރާއްޖޭގައި އެބަހުރި ކަމަށާއި އަދި ދަރަނި މަތިވުމުގެ ސަބަބުން އެންމެފަހުން ދީފައިވާ "ބީ ނެގެޓިވް" ރޭޓިން "ސީސީސީ ޕްލަސް " އަށް ދަށްކުރާ ކަމަށެވެ.

"ސީސީސީ ޕްލަސް "އަށް ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޭރުގެ ފައިނޭންސިން އަދި ލިކުއިޑިޓީ ހާލަތު ރަނގަޅު ނުވުމުން ކަމަށެވެ.  ދަރަނި ދެއްކުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން ރިޒާވް ދަށްވާނެ ކަމަށް ފިޗުން ބުންނެވެ. ދަރަނި ދެއްކުމަށް ރާއްޖެއިން އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދާނެ ކަމަށް ބެލެވޭ ކަމަށް ފިޗުން ބުންޏެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން 748 މިލިއަން ޑޮލަރުގައި ރާއްޖޭގެ ރިޒާވްހުރި ކަމަށާއި ނަމަވެސް  މިދިޔަ މެއި މަހުގެ ނިޔަލަށް ރިޒާވް ވަނީ 492 މިލިއަން ޑޮލަރަށް ދަށްވެފައި ކަމަށް ފިޗުން ބުންޏެވެ. ރާއްޖޭގެ ރިޒާވް ދަށްވީ އިންޑިއާއެކު  ހެދި ކަރަންސީ ސްވޮޕްގެ ސަބަބުން ކަމަށް ފިޗުން ބުންޏެވެ.

ފިޗުން ބުނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވާނެ ކަމުގެ އުންމީދު މަންޒަރެއް ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށްފަހު އޮމާންކޮށް ރާއްޖެ އޮތުމާއި ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުގެ ސަބަބުން މި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށް ގެންދެވޭނެ ކަމަށް ފިޗުން ލަފާކުރެ އެވެ. އެއާއެކު ދަރަނީގެ ހާލަތު ހަރުދަނާ ކުރުމާއެކު މާލީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިޗުން ބުންޏެވެ،

ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 2023 މިދިޔަ އަހަރު 4.0 ޕަސެންޓުގައި ހުރުމަށް މި އަހަރު 5.0 ޕަސެންޓަށް އަދި އަންނަ އަހަރު އިގްތިސޯދުގެ ދުވެލި 6.3 ޕަސެންޓަށް އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފިޗުން ބުންޏެބެ. ސަބަބަކީ މި އަހަރުގެ ފަހު ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ޕީއައިއޭގެ) މަޝްރޫއުތައް ނިމި އެތަން ފުލީ އޮޕަރޭޝަނަށް ގެނެވުން ކަމަށް ފިޗުން ބުންޏެވެ.

އާ ސަރުކާރުން ހާރިޖީ ސިޔާސަތު އަލުން ބެލެންސް ކުރުމާއެކު މި އަހަރު އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ރަނގަޅުވު ޔޫރަޕާއި ޗައިނާ އަދި ރަޝިޔާގެ ދަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ވެސް ފިޗުން ބުންޏެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމްގެ އާމްދަނީ 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ފިޗުން ބުންޏެވެ.

ފިޗުން އެންމެފަހުން ރާއްޖޭގެ ސޮވެރިން ކްރެޓިޑް ހަދާފައިވާ ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" އެވެ. އެފަހަރު ދިނީ  "ސްޓޭބަލް" އެވެ. އެ ރޭޓިން ނެރުނީ 18 އޮކްޓޫބަރު 2022 ގަ އެވެ. ނަމަވެސް އެފަހަރުވެސް ރާއްޖޭގެ ދަރަނި މަތިވުމާއި ރިޒާވް ދަށްވުން ފާހަގަ ކުރި އެވެ. ރާއްޖޭގެ ރޭޓިން "ބީ ނެގެޓިވް" ގައި ދަހަމައްޓައި ނެގެޓިިވް ރޭޓިން ދިން ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނީގެ ކުރު އަދި ދިގު މުއްދަތުގެ ދަރަނީގެ މައްސަލަ އާއި ރިޒާވް ދަށްވުން ވެސް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *