ސޯމާލިއާގެ ތިން މީހުން ތިބި ޑިންގީއެއް ވަވަތި އަށް ލައްގައިފި

ސޯމާލިއާގެ ތިން މީހުން ތިބި ޑިންގީއެއް ވަވަތި އަށް ލައްގައިފި

ސޯމާލިޔާ ތިން މީހުންނާއެކު ޑިންގީއެއްގައި ނ. އަތޮޅުގެ ރަށަކަށް ލައްގައިފިއެވެ.

ފުލުހުން މިއަދު މީޑިއާ ތަކަށް ބުނީ ސޯމާލިޔާ ތިން މީހުން ތިބި ޑިންގީއެއް ލައްގާފައި ވަނީ ނ. ވަވަތިއަށް ކަމަށެވެ. ނ. ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ.

ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯ އިން ފެންނަނީ އިންޖީނު އަޅާފައި އޮތް ކުޑަ ޑިންގީއެކެވެ. އެ ޑިންގީން ދަތުރުކުރި މީހުންގެ ހާލާ ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، އެ ތިން މީހުން އިށީނދެ ތިބި ފޮޓޯއެއް ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. އެ ތިން މީހުންގެ ވެސް ހާލަތު ގޯސް ނޫން ކަމަށް ފޮޓޯއިން އެނގެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *