ޔޫރޯ 2024: ފަހުގެ ޗެމްޕިއަން އިޓަލީއަށް އަލްބޭނިއާ އަތުން މޮޅުވެވުނީ ކިރިޔާ

ޔޫރޯ 2024: ފަހުގެ ޗެމްޕިއަން އިޓަލީއަށް އަލްބޭނިއާ އަތުން މޮޅުވެވުނީ ކިރިޔާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި އަލްބޭނިއާ ވާދަކުރި މެޗު 1-2 ގެ ނަތީޖާ އަކުން އިޓަލީ ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އަލްބޭނިއާ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ. އިޓަލީގެ ޑިފެންޑަރުން ހެދި ގޯހުގެ ފައިދާ ނަގާ މި ގޯލު އަލްބޭނިއާ އަށް ކާމިޔާބުކޮށްދިނީ ނޭޑިމް ބަޖުރާމީއެވެ

. އަލްބޭނިއާ މެޗުގެ ލީޑު ނެގި ނަމަވެސް އިޓަލީ ޓީމުން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. އިޓަލީގެ ލޮރެންޒޯ ޕެލެގްރިން އަލްބޭނިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު އިޓަލީއަށް ކާމިޔާބުކޮށްދިނީ އަލެސަންދުރޯ ބަސްޓޯނީއެވެ. އަދި އަލްބޭނިއާގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތީ ހުރެ ފޮނުވާލި ބޯޅަ ގޯލުތެރެއަށް ވައްދާލައިގެން މެޗުގެ 16 ވަނަ މިނެޓުގައި ނިކޮލޯ ބަރެއްލާ ވަނީ އިޓަލީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ލިބުންފަހުންވެސް އެ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

މިގޮތުން މެޗުގެ 32 ވަނަ މިނެޓުގައި އިޓަލީގެ ޑޭވިޑް ފްރެޓެސީ އަލްބޭނިއާގެ ކީޕަރު ބޯމަތިން ފޮނުވާލި ބޯޅަ އަމާޒުވެގެން ދިޔައީ ގޯލުގެ ދަނޑިއަށެވެ. އިޓަލީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ގެންދިއައީ އިޓަލީ އިންނެވެ. މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައިރު މި ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އެންމެ ފަހު ވަގުތު އަލްބޭނިއާގެ ރޭ މަނާޖް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އިޓަލީގެ ކީޕަރު ޑޮނަރޫމާ ކައިރިން މަނާޖް ފޮނުވާލި ބޯޅަ ދިޔައީ އިޓަލީގެ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *