އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކޮށްފި

އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކޮށްފި

އަންނަ އާދިއްތަ ދުވަހު ފާހަގަ ކުރާ އަޟްހާ އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގެ މަގުތަކުގައި ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މބުނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގު  ތަކެއްގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ނިންމީ އެ ކައުންސިލްގެ ޖަލްސާގައި ކަމަށްވެސް އިއުލާނުގައި ވެއެވެ.

އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ވެހިކަލް ދުއްވުން މަނާ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލް ތަކަށް ދޫކުރާ ޚާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތާބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސްޓިކާ ދޫކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ:

– ހުކުރު ދުވަސް: (މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް)

– ހޮނިހިރު ދުވަސް: (ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް)

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *