މާލޭގެ 25 މިސްކިތާއި 4 މައިދާނެއްގައި ޢީދު ނަމާދު ކުރަން ނިންމައިފި

މާލޭގެ 25 މިސްކިތާއި 4 މައިދާނެއްގައި ޢީދު ނަމާދު ކުރަން ނިންމައިފި

މޫސުން ތަންދީފިނަމަ، މާލޭގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ މާލެ އިން މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމްގައި ކަމަށެް މިނިސްޓްރީން ބުންޏެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާން ތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެނަމަ، މާލޭގައި އީދު ނަމާދު ކުރާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އީދު ނަމާދު ކުރާ މައިދާންތަކާއި މިސްކިތް ތަކުގައި އަންހެނުންނަށް އީދު ނަމާދު ކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބޮޑު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އީދު ނަމާދު ފަށާ ގަޑިއަކީ އާދީއްތަ ދުވަހު ހެނދުނު 7:00 އެވެ. މީގެކުރިން އާންމު ގޮތެއްގައި އީދު ނަމާދު ފަށަނީ 7:30 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *