ޝާހިދު ސަރުކާރަށް: އިންތިޚާބެއް ބޯމަތީގައި ނެތަސް، މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ ވަގުތުންދީ

ޝާހިދު ސަރުކާރަށް: އިންތިޚާބެއް ބޯމަތީގައި ނެތަސް، މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ ވަގުތުންދީ

ދައުލަތުގެ މަސް ކުންފުނި ކަމަށްވާ މިފްކޯއަށް މަސްވެރިން ކިރުވާފައިވާ މަހުގެ އަގަށް، މަސްވެރިންނަށް ސަރުކާރުން ދޭން އޮތް 80 މިލިއަން ރުފިޔާ ވަގުތުން މަސްވެރިންނަށް ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު ވިދާޅުވީ މިހާރު އޮތް ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަވެގެންވެސް ދެދުވަސް ތެރޭގައި ފައިސާ ޖަމާ ކުރާނެ ކަމަށް މަސްވެރިންނަށް ވައުދު ވެގެން ކަމަށެވެ. އެކަން މަސްވެރިންވެސް ސަރުކާރަށް ތަކުރާރުކޮށް ހަނދާން ކޮށްދެމުންދާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"މިއަހަރު ކުރީކޮޅުވެސް މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން، މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރި ކަމަށް ދަނީ ބުނަމުން" ޝާހިދު ވިދާޅުވިއެވެ.

މިވަގުތު އިތުރު އިންތިޚާބެއް ބޯމަތީގައި ނެތަސް، މަސްވެރިން އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގެއް ކަމަށް ވާތީ، މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ހައްގު ވަގުތުން އަދާކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *