ޝަހީމާއި ހައިދަރު އަދި އުޝާމަށް މަޖިލީހުން ރުހުން ދީފި

ޝަހީމާއި ހައިދަރު އަދި އުޝާމަށް މަޖިލީހުން ރުހުން ދީފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާރނީ ޖެނެރަލް އަހުމަދު އުޝާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިފިއެވެ.

މި ތިން ބޭފުޅުންނަކީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 މެންބަރުންގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރއިްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަ އެދުވަހު އެބޭފުޅުން އަލުން ހަމަ އެ މަގާމުތަކަށް އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވިއެވެ.  އޭރު އެ މައްސަލަ އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަގުލުވެފައެވެ.

ތިން ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން މިއަދު ނެގި ވޯޓުގައި ޝަހީމާއި އުޝާމަށް ރުހުން އޮތް ކަމަށް ފާސް ކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ރުހުން ނެތް ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ.

ނަމަވެސް، ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އެމްޑީޕީގެ ތިން މެންބަރަކު ވަނީ އޭނާއާއި ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *