ތިން ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ތިން ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާރނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދިނުމުގެ މައްސަލަ މިއަދު އޮންނަ ޖަލްސާއަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށްފިއެވެ.

މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މި ތިން ބޭފުޅުނަށް ރުހުން ނުދިން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން މެންބަރުން އަލުން ހަމަ އެބޭފުޅުން ތިއްބެވި މަގާމު ތަކަށް އައްޔަން ކުރައްވައިފައެވެ. އެއަށްފަހު އެބޭފުޅުނަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވައިފައެވެ.

މިމަހުގެ ތިންވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ރައީސް އަބްދުއްރަޙީމް ވަނީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

އެ ކޮމިޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް އައުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *