ނަދީމުގެ މަރު: މަފާޒު އަލުން ބަންދު ކޮށްދޭން ހައިކޯޓަށް ހުށަހަޅައިފި

ނަދީމުގެ މަރު: މަފާޒު އަލުން ބަންދު ކޮށްދޭން ހައިކޯޓަށް ހުށަހަޅައިފި

 

2017  ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ދައުވާލިބޭ ގ. ޝާރާޒް، މުހައްމަދު މަފާޒު ބަންދުކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމާއި ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން އާއި، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން އެ މީހުން މިނިވަންވިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދު ކޮށްދިނުމަށްވެސް ހައިކޯޓުގައި އެދުނެވެ.

ނަމަވެސް އެ ހަތަރު މީހުންގެ ތެރެއިން ލ. ގަން ވިދާތަރި އަލީ ނިފާޒު ޝަރީއަތް ނިމެންދެން ބަނަދު ކުރުމަށް އަމުރުކޮށް ދެން ތިބި މީހުން ބަންދު ނުކުރަން 26 ޑިސެމްބަރު 2023 ގައި ހައިކޯޓުން އަމުރުކުރިއެވެ. ކޯޓުގެ ހުކުމްގައި ބުނީ އެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މަފާޒް އޭރު ހުރީ އެހެން މައްސަލައެއްގައި ބަންދު ކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ މައްސަލައިގައި މަފާޒު ބަންދު ކުރަން ހުށަހެޅި މައްސަލައަށް ކޯޓުން ގޮތެއް ނުނިންމައެވެ.

އެހެން ކަމުން މަފާޒު ބަންދުކޮށްދިނުމަށްއެދި މިއަދުގެ ޝަރީއަތުގަައި ހައިކޯޓަށް ހުށަހަޅުއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ފާތުމަތު ނިއުޝާ ވިދާޅުވީ މަފާޒުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކަމަށާއި، އެ މައްސަލައިގަ ހައްޔަރު ކުރި ތާރީހުންފެށިގެން ހުކުމްކުރުމާ ހަމައަށް އޭނާއަކީ ބަންދުގައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށްކުކރި ދައުވާ ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ މިނިވަންވެ މުޖުތަމައުގެ ތެރެއަށް ދޫވެފައި ވަނީ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ބަންދު ކުރަން ޖެހޭކަން ފާހަގަ ކުރައްވައި ނައުޝާ ވިދާޅުވީ، ކުރިމިނަލް ކޯޓުން ހުކުމްކުރި ތާރީހުގެ ފަހުން ތަކުރާރުކޮށް އެކި ދުވަސް މަތިން އެކި ބާވަތުގެ މައްސަލަ ތަކުގައި މަފާޒު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ތަކާއި، އޭނާގެ މައްޗަށް ހައިކޯޓަށް ހުށަހަޅާފައިވާ ބާވަތުގެ. ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާތީތައް ހިންގުމާބެހޭ މައްސަލަަ ތަކުގައި ހައްޔަރުކޮށް އޭނާ ބަންދުގައި ބަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާއުފުލައި ޝަރީއަތްތައް ކުރިއަށްދާ ކަމަަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި ދާދިފަހަކާ ޖެހެންދެން ބަންދުގައި ބެހެއްޓުމަށްފގަހު އޭނާ  ދޫކޮށްލުމުން މަރުގެ މައްސަލައިގައި އޭނާ ބަންދު ކުރުމަަށް، ހައިކޯޓުން ފާހަގަ ކުރި ގޮތުކެމަތިން ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ބަންދުން ދޫކުރި ފަހުން ކުރަމުން ދިޔަ ކުއްތަކުންވެސް އޭނާގެ ކިބައިން މުޖުތަމަަައަށް އޮތް ނުރައްކާ އިތުރަށް ފާޅުވެގެންވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މަފާޒުގެ ވަކީލުން ނޫރުއްސަލާމް ވިދާޅުވީ، ކުރީގެ މައްސަލާގައި އޭނާ ބަންދުން މިނިވަންވިތާ ތިން މަސް ދުވަސް ވެފައިވާ ކަމަށާއި އެ މުއްދަތުގައި ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ. ނަދީމްގެ މައްސަލާގައި ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު ވެސް އެތައް އަހަރެއް ވަންދެން މަފާޒް ބަންދުގައި ހުރި ކަމަށާއި އެހެންވެ، އަނެއްކާވެސް އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ވަކީލުން ވިދާޅުވި އެވެ. އޭނާ ދޫކޮށްލާފައި ބެލެހެއްޓިޔަސް، އެހެން މައްސަލައެއް ފެންމަތި ވެއްޖެނަމަ އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަން ވަކީލުން ވިދާޅުވިއެވެ.

އެހެން ކަމުން ކޯޓުގައި ވަކީލު އެދުނީ ޝަރުތުތަކާ އެކު ނަމަވެސް މަފާޒް ބަންދުން ދޫކޮށްފައި ބަހައްޓައި ދިނުމަށެވެ. ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.

އެ މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މަފާޒް ބަންދު ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

 

ހައި ކޯޓުން އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ނިންމެވުމަށްޓަކައި އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *