ފަގީރަކަށް ނުވިޔަސް ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ: ޝަހީމް

ފަގީރަކަށް ނުވިޔަސް ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ: ޝަހީމް

ފަގީރަކަށް ވިޔަސް ނުވިޔަސް، ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ ކަމަށް އިސްލާމީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ޚަރަދުގައި ހައްޖަށް މީހުން ފޮނުވުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ، ބައެއް މީހުން ދައްކަނީ ސައްޙަ ވާހަކަ ތަކެއް ނޫން ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް އަބްދުލްއްއްޔޫމްގެ ސަރުކާރުންވެސް، ސަރުކާރުގެ ޚަރަދުގައި 40 މީހަކު ހައްޖުގެ އަޅުކަމަށް ފޮނުވައިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުންވެސް ފަލަސްތީނުގެ 1،000 މީހުން، ސައުދީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ސައްހަވާނެ ކަމަށް ސައުދީގެ ދަންނަބޭކަލުންގެ މަޖިލީހުން ފަތުވާ ދީފައި އޮންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިންގެ ފަތުވާވެސް އެކަމުގައި އޮންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ސަރުކާރު ޚަރަދުގައި މިފަހަރު ޙައްޖަށް މީހުން ފޮނުވިއިރު، ރަނގަޅު ޢާންމުދަނީއެއް ލިބޭ މީހަކު ފޮނުވި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން، ސަރުކާރު ޚަރަދުގައި ޙައްޖަށް ފޮނުވުމުން މިކަމުގައި ބަޔެއް ދީނީ ޢިލްމްވެރިންނާއި، ބަޔެއް ޢާންމުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެ، ފާޑުކިޔުން އަމާޒު ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *