ޒައިދާންގެ ސަންދޯއް ދިވެހި ސިފައިންގެ ކޮޏޑު މަތީގައި ގެންދާ މަންޒަރު

ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫގައި ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.

ޒައިދާން ނިޔާވީ ތަމްރީނުގައި ހެދުމުގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެމްއެންޑީއެފުން ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވާފައި ވަނީ ރ. އުނގޫފާރުގައެވެ. އުނގޫފާރަކީ ޒައިދާންގެ އުފަން ރަށެވެ.

ޒައިދާންގެ ޖަނާޒާގެ ތެރެއިން. މި ޖަނާޒާގައި ސިފައިންގެ އިސްބޭފުޅުންވެސް ބައިވެރިވި

ޒައިދާންގެ ޖަނާޒާގައި އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ވަނީ ޒައިދާންގެ އާއިލާއާ ބައްދަލުކުރައްވައި ތައުޒިޔާ ދަންނަވާފައެވެ. ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *