އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫގައި ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.
ޒައިދާން ނިޔާވީ ތަމްރީނުގައި ހެދުމުގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެމްއެންޑީއެފުން ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވާފައި ވަނީ ރ. އުނގޫފާރުގައެވެ. އުނގޫފާރަކީ ޒައިދާންގެ އުފަން ރަށެވެ.
ޒައިދާންގެ ޖަނާޒާގައި އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ވަނީ ޒައިދާންގެ އާއިލާއާ ބައްދަލުކުރައްވައި ތައުޒިޔާ ދަންނަވާފައެވެ. ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.