މަރު ކޮމިޝަނުގެ ބަޔެއް މެމްބަރުން

މަރު ކޮމިޝަން އުވާލައިފި

މަރު ކޮމިޝަން އުވާލައިފި

މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރީގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަން މިއަދު އުވާލައިފިއެވެ.

މަރު ކޮމިޝަނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު އުފެއްދެވި އެ ކޮމިޝަނެކެވެ. އެއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ދައުލަތުން ގެއްލުނު ފައިސާއާއި މުދާ ހޯދުމަށް އުފެއްދެވި އުފެއްދެވި ކޮމިޝަނެކެވެ.

މަރާލައިފައިވާ މީހުން އަދި ވީނުވީ ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައި ދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ޤަރާރުގައި ވިދާޅުވީ އެ ކޮމިޝަން  މިއަދުން ފެށިގެން އުވާލައްވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން މީގެކުރިން ބުނެފައި ވަނީ ތަހުގީގު ނިމުމުން އޮފީސް އުވާލުމުގެ ކުރިން ރައީސް އޮފީހާ ރިޕޯޓުތައް ހިއްސާ ކުރާނެ ކަމަށެވެ. މަރު ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ ތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *