ފާނަ ބާނަން މޫދަށް އެރިއޮތް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ، ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި

ފާނަ ބާނަން މޫދަށް އެރިއޮތް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ، ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި

އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރި ކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހި، އެ މީހާ މިއަދު މަރު ވެއްޖެއެވެ.

ފުލުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު 7:55 އެހާކަންހާއިރު ރިޕޯޓް ކުރި އެ ހާދިސާގައި ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ބިދޭސީއެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން އުމުރުގެ މީހެއް ކަމެއް އަދި ނޭނގެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގަމުން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *