އަމްރު (ކ) ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ސްކާފެއްގައި

ފަލާހަށް އަމްރު- ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަކީ މުޅި އިންސާނިއްޔާތާ ދެކޮޅަށް ހިންގާ ޖަރީމާއެއް

ފަލާހަށް އަމްރު- ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަކީ މުޅި އިންސާނިއްޔާތާ ދެކޮޅަށް ހިންގާ ޖަރީމާއެއް

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަކީ ބޭރުގެ ދެގައުމެއްގެ ދެމެދުގައި އޮތް ކަމެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވުމާއި ގުޅިގެން އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސްގެ ފަރާތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރަނިންމޭޓަކަށް ނުކުންނެވި ޙުސައިން އަމްރު ރައްދު ދެއްވައިފިއެވެ.

ފަލާހު ވިދާޅުވި ވާހަކަފުޅުގެ މަންޒަރު ފެންނަ ވީޑިޔޯ އެކްސްގައި ޙިއްސާ ކުރައްވައި އަމްރު ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަކީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

"އިޒްރޭލުން ފަލަސްތީނުގަ ބޮޑު ގަތުލު އާންމެއް ހިންގަމުން ދާއިރު، މީ ދެ ޤައުމެއް ދޭތެރޭ ހިނގާ މައްސަލައެއް ނޫން، މީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް،" އަމްރު ވިދާޅުވިއެވެ.

އަމްރުގެ އިތުރުންވެސް ބަޔެއް ސިޔާސީ ބޭފުޅުން ވަނީ ފަލާހުގެ ވީޑިޔޯ ޙިއްސާ ކުރައްވައި ފަލާހަށް ފާޑު ވިދާޅުވެފައެވެ. އަދި ބަޔެއް އާންމުންވެސް ދަނީ ފަލާހުގެ ވާހަކަތައް ކުށްވެރިކޮށް ފާޑު ކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *