20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބު ކުރި މެންބަރުން ދެންމެ މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައެވެ. މެންބަރުންނަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ހުވާ ކުރެއްވުމަށްފަހު، މެންބަރުން ހުވައިގެ އިޤްރާރުގައި ސޮއިކ ުރެއްވުން އޮތެވެ.

މެންބަރުން މަގާމުގެ ހުވާ ކުރައްވާފައި ވާތީ، 20 ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިއަދު ވަނީ ފެށިފައެވެ. އެހެން ކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދި ހެނދުނު 10:15 ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ 20 ވަަ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ނިންމާފައި ވަނީ މަޖިލިހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބު ކުރުމަށެވެ.

މިއަދުގެ އެޖެންޑާގައި ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމުގެ އިތުރުން، ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުން އެކުލަވާލަންޖެހޭ، މަޖިލިސް ހިންގުމުގެ ޤަވައިދާއި ގުޅޭ ގޮތުން ހުށަހަޅާ މައްސަލަ ކުރިއަށް ގެންދިޔުމެވެ.

ޖުމްލަ 93 ދާއިރާ ތަމްސީލް ކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ 75 މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ އިތުރުން މިނިވަން ދެ މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ކޮންމެ ޕާޓީއަކުން މެންބަރެކެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާއެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު ވަނީ 79 އަށް އަރައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *