އެމްޑީޕީގެ ޕީޖީގެ މަގާމަށް ނާޒިލް، ޑެޕިއުޓީ ޕީޖީއަކަށް ފިއްޓޭ

އެމްޑީޕީގެ ޕީޖީގެ މަގާމަށް ނާޒިލް، ޑެޕިއުޓީ ޕީޖީއަކަށް ފިއްޓޭ

އިދކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އިންތިޚާބު ކޮށްފިއެވެ.

ޕާޓީގެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ މިއަދަށް މުއްދަތު ހަމަވާ ގޮތަށެވެ. އެމްޑީޕީން މިއަދު ވަނީ މުއްދަތު ހަމަވިއިރު މަގާމުތަކަށް ކުރިމަތިލި މެމްބަރުންނާއި ހޮވުނު މެމްބަރުން އިއުލާނު ކޮށްފައެވެ.

ޕާލިމަންޓަރީ ގްރޫޕްގެ މަގާމު ތަކަށް އިންތިޚާބުވި މެންބަރުން:

1- ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

2- ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

3- ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ

4- ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް

5- ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު

6- ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު

7- ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

8- ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *