ގެއްލިގެން ހޯދަމުން އަންނަ ޒޯޔާ

‏14 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ 4 ދުވަސް، އަދިވެސް ނުފެނޭ

‏14 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ 4 ދުވަސް، އަދިވެސް ނުފެނޭ

14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އާއިލާގެ ފަރާތުން މައްސަލަ ހުށަހަޅައިގެން ފުލުހުން ހޯދަމުންދާ އަންހެން ކުއްޖާއަކީ، ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.

ފުލުހުން ބުނީ ޒޯޔާ މިހާރު ދިރިއުޅޭ އެޑްރެހަކީ ވ. ނާލިސް ކަމަށެވެ. އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ފުލުހުންނަށް ކޮށްފައި ވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ މިހާރު ދަނީ ކުރަމުންނެވެ.

‏ޒޯޔާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

‏ ޒޯޔާ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ޙިއްސާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *