އުނގޫފާރުގައި ކަރަންޓު އައިސްފައިވާ ފެންގަނޑު ސަރަހައްދު ފުލުހުން ބަންދު ކޮށްފައި. ފޮޓޯ: އުނގޫފާރު އޮންލައިން

ކަރަންޓުގައި ޖެހުނު ކުދިން ސަލާމަތް ކުރަން ދިޔަ މީހާވެސް ކަރަންޓުގައި ޖެހި ވެންޓިލޭޓަރަށް

ކަރަންޓުގައި ޖެހުނު ކުދިން ސަލާމަތް ކުރަން ދިޔަ މީހާވެސް ކަރަންޓުގައި ޖެހި ވެންޓިލޭޓަރަށް

ރ. އުނގޫފާރުގެ ފެންގަނޑަކަށް ކުޅެން އެރުނު ދެ ކުދިން ކަރަންޓުގައި ޖެހުމުން، އެ ކުދިން ސަލާމަތް ކުރަން ދިޔަ މީހާވެސް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

"މާލޭ ޓައިމްސް" އަށް އެނގިފައިވާ ގޮތުގައި 8 އަހަރުގެ އަންހެން ކުއްޖަކާއި 12 އަހަރުގެ ފިރިހެން،  އެ ދެ ކުދިން ކުޅެން ދިޔައީ އެ ރަށު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންފަނޑަކަށެވެ. އެ ފެންގަނޑު ކައިރީގައި ހުރި ހޮޅި ދަނޑީގެ ކަރަންޓު ވައިރު ހަލާކުވެފައި ވާތީ، އެ ވައިރުން ފެންގަނޑަށް ވަނީ ކަރަންޓު ލީކުވެފައެވެ.

އެ ދެ ކުދިން ކަރަންޓުގައި ޖެހިފައިވާ މަންޒަރު ފެނުމުން 18 އަހަރުގެ ފިރިހެން މީހާ ދިޔައީ އެ ކުދިން ސަލާމަތް ކުރުމަށެވެ. ނަމަވެސް އޭނާވެސް ވަނީ ކަރަންޓުގައި ޖެހިފައެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ 18 އަހަރުގެ މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާގެ ހާލު ސީރިއަސްވި ނަމަވެސް އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމަށް ނިންމައިފައިނުވާ ކަމަށެވެ. އަދި އެ މީހާގެ ހިތް ހުއްޓިފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *