ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވުމަށް ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުލިއާގޭގައި ޕީއެންސީގެ ފަރާތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބު ރައީސްގެ މަގާމަަށް ނާޒިމްގެ ނަން ހުށަހެޅުއްވުމަށް އެ މަނިކުފާނު ނިންމަވާފައިވާތީތީ އެކަން މެންބަރުންގެ ގާތުގައި ވިދާޅުވެފައެވެ.
ކުރިންވެސް އަޑު އިވިފައިވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމުގެ ރޭހުގައި ވާދަ ކުރައްވާނީ މި ދެބޭފުޅުންނެވެ.