މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް . ފޮޓޯ:އެމްއޭސީއެލް

ވެލާނާ އެއާޕޯޓްގެ މާސްޓަރޕްލޭނާއެކު ދުނިޔެ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ: ޝަރީފް

ވެލާނާ އެއާޕޯޓްގެ މާސްޓަރޕްލޭނާއެކު ދުނިޔެ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ: ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ މާސްޓަރޕްލޭނާއެކު ރާއްޖެ އާއި ދުނިޔެ މިހާރުވެސް ގުޅާލެވިފައިވާ މިންވަރު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެއާރ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މާސްޓަރޕްލޭނަކީ ސަރުކާރުގެ ވަރަށް ބޮޑު ތަސައްވުރެއް އޮވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި ވެލާނާ އިންޓަރނޭޝަނަލްގެ އާ ޓާމިނަލް ހުޅުވި، އެއާރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދިޔުމަކީ މުޅި ރާއްޖޭގެ މުޅި އިޤްތިސޯދަށްވެސް ވަރަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *