ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައިގެ ތުހުމަތު އިޒްރޭލުގެ އިންޓެލިޖެންސަށް!

ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައިގެ ތުހުމަތު އިޒްރޭލުގެ އިންޓެލިޖެންސަށް!

އީރާނުގެ ރައީސް, އިބްރާހީމް ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައިގެ ތުހުމަތު އިޒްރޭލްގެ އިންޓެލިޖެންސް އެޖެންސީ (މޮސާދު) އަށް ކޮށްފިއެވެ.

އިރާންގެ ހޯމް މިނިސްޓަރު އަހުމަދު ވަހީދީ މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައި ކަމަށެވެ. އެވަގުތު ހެލިކޮޕްޓަރުގައި އިރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި ކަމަށް އަހުމަދު ވަހީދީ ވިދާޅުވިއެވެ.

އިރާންގެ ރައީސް އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު ދަތުރު ކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައި މިވަނީ އިރާނާއި އިޒްރޭލު ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހުގެ ތެރޭގައި އެއްގައުމުން އަނެއް ގައުމަށް ވަނީ ވައިގެ ހަމަލާތަކެއް ވެސް ދީފައެވެ.

ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ލޭންޑް ކޮށްފައި ވަނީ އިރާނުގެ ރިމޯޓް އޭރިއާއެއް ނުވަތަ މީހުން އާބާދުވެފައިނުވާ ދުރު ހިސާބަކަށެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި މުވާސަލާތި ހިދުމަތް ނެތް ސަރަހަދެއްގަައި އެ ހާދިސާ ހިނގުމުގެ ސަބަބުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. އިރާންގެ ރައީސް އަދި ފޮރިން މިނިސްޓަރު އަދިވެސް ސަލާމަތް ކުރެވިފައިނުވެއެވެ.

އެފަދަ ސަރަހައްދެއްގައި ހާދިސާ ހިނގުމުގެ ސަބަބުން މެދުރުއިރުމަތީ ދިރާސާ ކުރާ ފަރާތް ތަކުންނާއި ފޮރިން ރިލޭޝަން ތަޖުރިބާކާރުން ވަނީ ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވީ އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ (މޮސާދު) ގެ ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތު ކޮށްފައެވެ.

އިރާނުގެ ބައެއް ނޫސް ތަކުން ވަނީ މޮސާދުގެ ރޭވުމެއް ހާދިސާ ހިނގުމުގައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އިރާންގެ އަސްކަރިއްޔާގެ ޖެނެރަލުން ތަކެއް ވަނީ މޮސާދަށް ސީދާ ގޮތެއްގައި ތުހުމަތު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *