ކޮންގްރެސްގެ ޕާޓްނަރުންނާއެކު ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު އެއާރޕޯޓްގެ ވެރިންނާއި ޕާޓްނަރުން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެއާޕޯޓްސް ކޮމްޕެނީ

ޖުލައި މަހު ރާއްޖޭގައި އޮންނަ އެއާރ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއެކު ސޮއި ކޮށްފި

ޖުލައި މަހު ރާއްޖޭގައި އޮންނަ އެއާރ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއެކު ސޮއި ކޮށްފި

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ އިން، އެއާރ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއެކު ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ނޫވިލު ސީޕްލޭން ޓާމިނަލުގައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ސީނިއާރ މެނޭޖްމަންޓާއި ޕާޓްނަރުން ބައިވެރިވެފައިވެއެވެ. އޭއެސްޑަބްލިއުސީ 2024 އަކީ އޭވިއޭޝަން އިންޑަސްޓްރީގައި މުހިންމު އިވެންޓަކަށް ވެގެންދާއިރު، ވީއައިއޭ އިން ހުރިހާ ބައިވެރިންނަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

* އިވެންޓް ޕާޓްނަރސް އޮފް އެއަރ ސާވިސް ވޯލްޑް ކޮންގްރެސް:

1- ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލާހިނީ

2- ވެނިއު ޕާޓްނަރ: ކުރުނބާ މޯލްޑިވްސް

3- ޑިޖިޓަލް ޕާޓްނަރުން: ދިރާގު

4- ސީޕްލޭން ޕާޓްނަރުން: ޓީއެމްއޭ

5- އެއަރލައިން ޕާޓްނަރ: އެމިރޭޓްސް

6- އޭވިއޭޝަން ޕާޓްނަރ: މޯލްޑިވިއަން

7- މީޑިޔާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯކާ މީޑިޔާ , ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވަލިއުޝަން މީޑިޔާ

8- އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެންޑޯސްމަންޓް ޕާޓްނަރުން: މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (އެމްއޯޓީސީއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ).

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އޭވިއޭޝަން ރޫޓް ޑިވެލޮޕްމަންޓް އިވެންޓެވެ.  މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައެވެ. މި އިވެންޓުގައި ދުނިޔޭގެ އެކި ސަރަހައްދު ތަކުން 300 މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ބައިވެރިވާ މަންދޫބުންގެ ތެރޭގައި އެއާޕޯޓާއި، ރޫޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވުންނާއި، އެއާލައިން އެގްޒެކެޓިވުންނާއި، އެއާލައިން ނެޓްވޯކިން ޕްލޭނަރުންނާއި، އޭވިއޭޝަން ސަޕްލައި ކުރާ ފަރާތްތަކާއި އޭވިއޭޝަން އަދި ޓޫރިޒަމް ބޮޑީސްގެ މަންދޫބުންވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެއާރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ، މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެހެން ގައުމު ތަކުގެ އޭވިއޭޝަން ސެކްޓަރުގެ އިސް ބޭފުޅުންނާ ބައްދަލުވެ، ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށެވެ. އެހެންކަމުން ކޮންގްރެސްގައި އެކަން ވީ އެންމެ ރަނގަޅަށް ބޭނުން ހިފުމަށް ޕާޓުނަރުންގެ ކިބައިން ޝަރީފް އެދިވަޑައިގެންނެވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *