އެއާރޕޯޓސްގެ މުވައްޒަފުންނަށް ކުރިޔަށް ގެންދިޔަ ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

އެއާރޕޯޓްގެ މުވައްޒަފުންނަށް ކަސްޓަމަރ ސާވިސް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

އެއާރޕޯޓްގެ މުވައްޒަފުންނަށް ކަސްޓަމަރ ސާވިސް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަސްޓަމަރ ސާވިސް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެއާރޕޯޓުގެ އެކި ސެކްޝަން ތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ހިންގި މި ޓްރޭނިންގ ވޯކްޝޮޕްގައި ކަސްޓަމަރުންނާ ބައްދަލުވެ، އަމަލު ކުރަންވާ ގޮތުގެ ޓްރޭނިންގ ނަގައި ދެއްވީ މަޝްހޫރު ޓީވީ ޕްރެޒެންޓަރ މަސްއޫދު އަލީއެވެ.

އެއާރޕޯޓސްގެ މުވައްޒަފުންނަށް ކުރިޔަށް ގެންދިޔަ ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

 

މި ޓްރޭނިންގ ޕްރޮގްރާމްގައި ޕްރޮފެޝަނަލްކޮށް ކަސްޓަމަރުންނާ މުއާމަލާތް ކުރާނެ ގޮތާއި، ދިމާވާ އެކި ކަންކަމުގައި ޕްރޮފެޝަނަލްކޮށް އަމަލުކުރާނެ ގޮތް ކިޔައިދެއްވިއެވެ.

އެއާރޕޯޓްސް ކޮމްޕެނީން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ދޭތެރެދޭތެރެއިން ތަފާތު ޓްރޭނިންގ ޕްރޮގްރާމްތައް ބާއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *