ތިން މަސްތެރޭ ގޯތި ހަވާލު ކުރަން ލާޒިމްވާ ބިލު ތަސްދީގު ނުކޮށް ފޮނުވާލައިފި

ތިން މަސްތެރޭ ގޯތި ހަވާލު ކުރަން ލާޒިމްވާ ބިލު ތަސްދީގު ނުކޮށް ފޮނުވާލައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ގޯތި ތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައިވާ ނުވާ ގޯތިތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގު ނުކޮށް، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ރައީސް، ޑރ. މުހައްމަދު މުއިއްޒު، ފޮނުވާލައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލު އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަސްދީގު ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވައިފިއެވެ." ރައީސް އޮފީހުން ބުންޏެވެ.

އެ ބިލަކީ 29 އޭޕްރީލް 2024 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، 2 މޭ 2024 ގައި، ރައީސް އޮފީހަށް، ތަސްދީގު ކުރެއްވުމަށް ފޮނުވި ބިލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *