ކުރިއަށް އޮތީ ގަދަ ވިއްސާރަ، ރައްކާތެރި ވާތި!

ކުރިއަށް އޮތީ ގަދަ ވިއްސާރަ، ރައްކާތެރި ވާތި!

ކުރިއަށް އޮތް ހަފުތާގައި ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން މިއަދު ބުނީ ވިއްސާރަވެ، ވައި ގަދަވާއިރު, ގޭގެ ފުރާޅު ފަދަ ތަކެތި ވަޔާއެކު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ކުރިއާލައި، ވާ ޖަހައި ފުރާޅާއި, ގަދަވައިގައި އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުން މުހިންމު ކަމަށެވެ.

ވާރޭވެހި ފެން ބޮޑުވެދާނެ ހާލަތަކަށް ތައްޔާރު ވުމުގެ ގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެހުމަށާއި، ގެއަށް ފެން ވަދެއްޖެ ނަމަ، ގެއްލުން ލިބޭނެ ތަކެތި އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލު ކުރަން، އަދި ބޭނުން ނުކުރާ ވަގުތު ތަކުގައި ކަރަންޓު ސާމާނު ނިއްވާލާފައި ބެހެއްޓުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނީ މާދަމާ ރެއިން ފެށިގެން ރާއްޖެ ސަރަހަށްދަށް ހުޅަނގު މޫސުމުގެ އަސަރު ގަދަވާނެ ކަމަށެވެ. އެ ގަދަ ކުރިއަށް އޮތް 5 ދުވަހަށް ދިގު ދެމިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހަށްދަކަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ކަނޑު ދަތުރު ކުރާ ފަރާތް ތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *