ޢުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ޢުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރެއްވި އުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ އަރިހުގައި އިސްލާމީ ކަންކަމާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝެއިޚް މުހައްމަދު ލަތީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓާރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގެންފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މަދީނާއަށް ވަޑައިގެން ރައީސްގެ ދެކަނބަލުން ވަނީ ރަސޫލާގެ މިސްކިތްޕުޅަށް ޒިޔާރަތް ކުރައްވައި، ނަމާދު ކުރައްވާފައެވެ. އަދި ވަނީ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *