މިފަހަރު މަޖިލީހަށް ހޮވުނު މެމްބަރުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ އޮފީސް

މަޖިލީހަށް ހޮވުނު އެމްޑީޕީގެ މެމްބަރުންނާ އިބޫ ބައްދަލު ކުރައްވައިފި

މަޖިލީހަށް ހޮވުނު އެމްޑީޕީގެ މެމްބަރުންނާ އިބޫ ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މިފަހަރު ވާދަކޮށް، މަޖިލީހަށް ހޮވުނު މެމްބަރުންނާ، އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި، ހޮވުނު މެމްބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޑީޕީ އިން ބުނެއެވެ. ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެ ޕާޓީން ހާމައެއް ނުކުރެއެވެ.

މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ގިނަ ދާއިރާ ތަކަށް ވާދަކުރި ނަމަވެސް، އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރުން ނަގާފައިވާއިރު، އަލަށް ހޮވުނު މެމްބަރުން، މެމްބަރު ކަމުގެ ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *