މި އަހަރު ޙައްޖަށް ފޮނުވަން ހަމަޖެހުނު މުވައްޒަފުންނާއެކު އެމްޕީއެލްގެ އިސްވެރިން. ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ޚަރަދުގައި ހައްޖަށް ފޮނުވާ ފަސް މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

އެމްޕީއެލްގެ ޚަރަދުގައި ހައްޖަށް ފޮނުވާ ފަސް މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޚަރަދުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާ ހައްޖު ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ.

ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ވަޖީހު ވަނީ ހުރިހާ މުވައްޒަފުންނަށްވެސް މަރުހަބާ ވިދާޅުވެ، މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:

އިލްޔާސް މުހައްމަދު – އެސިސްޓަންޓް އެގްޒެކްޓިވް

އަހުމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއާރ

އަހްމަދު އުންމީދު – ސާވިސް އިންޖިނިއާރ

މުހައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކްޓިވް

ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކްޓިވް

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން އެ ކުންފުނީގެ ޚަރަދުގައި ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް އަދި ތިން މުވައްޒަފުން އުމްރާގެ އަޅުކަމަށް ފޮނުވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *