އައްޑޫ ސިޓީގެ "މަތިކިޅި އިކޯގާޑަން

އައްޑޫ "މަތިކިޅި" އަށް ވަންނަ މީހުންގެ އަތުން ފީ ނަގަން ނިންމައިފި

އައްޑޫ "މަތިކިޅި" އަށް ވަންނަ މީހުންގެ އަތުން ފީ ނަގަން ނިންމައިފި

އައްޑޫ ސިޓީގެ "މަތިކިޅި އިކޯގާޑަން" އަށް ވަންނަ ދިވެހިންނާއި ފަތުރުވެރިންގެ އަތުން ފީ ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ "މަތިކިޅި" އަށް ވަންނަ ދިވެހިން އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 10 ރުފިޔާގެ ފީ އެއް ކަމަށެވެ. އަދި ފަތުރުވެރިން އަތުން ނަގާނީ 50 ރުފިޔާގެ ފީއެއް ކަމަށެވެ. މީގެ އިތުރުން އަދި ވޯކު ވިސާގައި ތިބޭ މީހުން "މަތިކިޅި" އަށް ވަނުމަށް 15 ރުފިޔާ ފީއެއް ދައްކަން ވާނެ ކަމަށެވެ. ފީ ނަގައިގެން ވެސް "މަތިކިޅި" އަށް ވަދެވޭނީ 45 މިނިޓަށް ކަމަށް ކައުންސިލުން ބުނެއެވެ.

"މަތިކިޅި" ގައި ހަފުލާތަކާއި ޕާޓީތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށްވެސް ކައުންސިލުން ވަނީ ނިންމައިފައެވެ. އެގޮތުން ހަފުލާތަކަށް އެތަން ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ 800 ރުފިޔާއަށް ތިން ގަޑި އިރަށެވެ. އަދި ގަޑިއިރެއް ހަމަ ނުވިކަމުގައި ވީނަމަވެސް މި ފީ ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ.

"މަތިކިޅި އިކޯގާޑަން"  އިން ލިބޭ އާމްދަނީ ޖަމާ ކުރާނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓް ފަންޑަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *