އަބްދުﷲ ޝާހިދު، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވި ދުވަހު، އެ މަޖިލީހުގެ ރިޔާސަތުގައި.

ފަލަސްތީނުގެ ކާމިޔާބާއެކު، އދ.ގެ ކުރީގެ ރައީސްގެ މެސެޖް- އެއީ ތާރީޚީ ނިންމުމެއް، އެއީ ފަލަސްތީނު ރައްޔިތުން ދެއްކި ހިތްވަރު، އެއީ ލިބުނު ތަސައްލީއެއް

ފަލަސްތީނުގެ ކާމިޔާބާއެކު، އދ.ގެ ކުރީގެ ރައީސްގެ މެސެޖް- އެއީ ތާރީޚީ ނިންމުމެއް، އެއީ ފަލަސްތީނު ރައްޔިތުން ދެއްކި ހިތްވަރު، އެއީ ލިބުނު ތަސައްލީއެއް

އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، އެ ޖަމްއިއްޔާގެ އާންމު މަޖިލީހުން ފާސް ކުރުމަކީ ތާރީޚީ ނިންމުމެއް ކަމަށް އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް، މިފަދަ ހިތްދަތި ދަނޑިވަޅެއްގައިވެސް، އެ ޤައުމަކީ އދ.ގެ ފުރިހަމަ މެންބަރު ކަމަށް ޝަރުތު ހަމަވާ ޤައުމެއް ކަމަށް ރިޒޮލިއުޝަނެއް ފާސްވެގެން ދިޔުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ތަސައްލީއެއް ކަމަށެވެ.

"މި ތާރީޚީ ނިންމުމުން އެނގިގެން ދަނީ އަމިއްލަވަންތަ ޤައުމެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ ހިތްވަރާއި، އެކަމުގެ ރޫހު" ޝާހިދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެކަމުން އެނގިގެން ދަނީ ފަލަސްތީނު ރައްޔިތުން ފަދައިން، މުޅި ދުނިޔެވެސް ބޭނުން ވަނީ ފަލަސްތީނަކީ އަމިއްލަ ވަންތަކަން ލިބިގެންވާ ޤައުމެއްކަން ކަށަވަރުވުން ކަމަށެވެ.

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހުން ފާސް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އދ.ގައި އިއްޔެ ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ޤަރާރެއް ކުއްލި ބައްދަލުވުމަށް ހުށަހަޅައިފައެވެ. ރާއްޖެއިން ވަނީ އެ ޤަރާރު ކޯ ސްޕޮންސާރ ކޮށްފައެވެ.

ކުއްލި ބައްދަލުވުން ބާއްވާފައި ވަނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައި ވާތީއެވެ.  އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމު ތަކުން ކުއްލި ބައްދަލު ވުމަކަށް ގޮވާލެވޭނެއެވެ.

ރޭ އެ ޤަރާރަށް ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ޤަރާރަށް ތާއީދު ކޮށްފައެވެ. ޤަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓު ދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *