ވިއްސާރަ ދުވަހެއްގައި ލޯންޗެއް ދަތުރު ކުރަމުންދާ މަންޒަރު. މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމުން ގިނަ ބަޔަކު ކަނޑު ދަތުރު ކުރަމުންދޭ. ފޮޓޯ: ޓުޑޭއެމްވީ

ހުޅަނގު މޫސުން ފެށިއްޖެ، ނޮވެމްބަރާ ހަމައަށް ދިގު ދެމިގެންދާނެ!

ހުޅަނގު މޫސުން ފެށިއްޖެ، ނޮވެމްބަރާ ހަމައަށް ދިގު ދެމިގެންދާނެ!

މި އަހަރުގެ ހުޅަނގު މޫސުން އިއްޔެ ފެށިފައިވާ ކަަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ދެކުނުގެ އަތޮޅު ތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާއި ހަމައަށް ދިގު ދެމިގެންދޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅު ތަކަށް ފަށާނެ ކަމަށާއި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިގަނޑުތައް:

ވާރޭ: މެއި 1 ގެ ފަގުން ދެކުނުގެ އަތޮޅު ތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.

ވައި: ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ޖެހުމާއި، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *