ކުދިން ބޮޑު ކުރަންވާނީ އިސްލާމީ އުސޫލަށް ކަމޭހިތާ ބައެއްގެ ގޮތުގައި: ރައީސް

ކުދިން ބޮޑު ކުރަންވާނީ އިސްލާމީ އުސޫލަށް ކަމޭހިތާ ބައެއްގެ ގޮތުގައި: ރައީސް

ކުޑަކުދިން ބޮޑު ކުރަން ވާނީ އިސްލާމީ އުސޫލު ތަކަށް ކަމޭހިތާ އަދި ގައުމު އިސްކުރާ ކުދިން ތަކެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ފޮނުއްވި ޚިތޯބުގައި ވިދާޅުވީ، ދުނިޔެއަށް ހަލުވި ކަމާއެކު އަންނަ ބަދަލު ތަކާއި، ކުރި އަރަމުން އަންނަ ޓެކްނޮލޮޖީ ތަކަށް ދަރިން އަހުލުވެރި ކުރުވުމުގައި ހުށިޔާރުވާން ޖެހިފައިވާ ކަމަށެވެ. ނުކިއްސަރު ކަންކަމުން ދަރީން ސަލާމަތް ކުރަންޖެހޭ ކަމަށާއި އެފަދަ ހުރިހާ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ބެލެނިވެރިންނަށާއި މައިންބަފައިންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުސޫލު ތަކަށް ކަމޭހިތައި، ދިވެހި ވަންތަ ކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުން ހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާ ކޮށްދިނުމަށް އެދޭ ކަމަށެވެ. ރައީސް ވިދާޅުވީ ކުޑަކުދީންނަށާއި އާއިލާ ތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމަށެވެ.

ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމާބެހޭ ބައިނަލްއަގުވާމީ މުހިންމު މުޢާހަދާ ތަކުގައި ރާއްޖެއިން ވަނީ ބައިވެރި ވެފައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކުޑަކުދީންނަށް ހިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތު ތަކެއް ހޯދައި ދިނުމަށް ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް  ވަނީ ރާއްޖޭގައި ގާއިމު ކުރެވިފައި ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިހުސާސް ތަކާއެކު، އެ މަނިކުފާނަށް ހިތާމަވެރި އަސަރުތަކެއް ވެސް ކުރުވާ ކަމަށެވެ. ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންނެއް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *