އިންޑިޔާގެ ހުރިހާ ސިފައިން ރާއްޖެއިން ފުރައިފި ކަމަށް ސަރުކާރުން ބުނެފި

އިންޑިޔާގެ ހުރިހާ ސިފައިން ރާއްޖެއިން ފުރައިފި ކަމަށް ސަރުކާރުން ބުނެފި

ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން އަނބުރާ އިންޑިޔާއަށް ފޮނުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި  އެއްގޮތަށް ހުރިހާ ސިފައިން މިހާރު ރާއްޖެއިން އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ. އިންޑިޔާ ސިފައިންނާބެހޭ ގޮތުން އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިޔާ އާއި ދެމެދުގައި، އިންޑިޔާ ސިފައިން ކަންކަމުގައި މަތީ ފެންވަރުގެ މަޝްވަރާގެ ބައްދަލުވުން ތަކެއް ބާއްވައި ދެ ގައުމުން އެއްބަސްވީ މާޗު 10 ނިޔަލަށް ހުރިހާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށެވެ. އެގޮތުގެ މަތިން މީގެކުރިން އިންޑިޔާ ސިފައިންގެ ދެ ބެޗެއްގެ އަނބުރާ ފޮނުވާލާފައިވެއެވެ.

އެންމެ ފަހުން ފޮނުވާލައިފައި ވަނީ ތިންވަނަ ބެޗެވެ. އެހެން ކަމުން މިހާރު އިންޑިޔާ ސިފައިންގެ އެއްވެސް މީހަކު ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އިންޑިޔާ ސިފައިންގެ ބަދަލުގައި ދެން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ނޫނެކެވެ. ސިފައިން ނުފުރައެވެ. ހަމައެކަނި ފުރީ އެމީހުންގެ ޔުނިފޯމް ހިފައިގެންދިޔަ ބޯޓެވެ..އެމީހުން މިހާރު ތިބީ ސިވިލް ސާވީސް މީހުންގެ ނަމުގައެވެ. ތިބީ ހަަމަ ސިފައިންގެ ހުވައި ކޮށްގެންތިބި ބައެއް ކަމަށް އެބަހީވެއެވެ..އެމީހުން އެދުއްވާ ފުލައިޓުގެ ހުންގާނު ދިވެހިން އަތަށް ނުދެނީ އެހެން ވެގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *