Untitled design - 1

ސިފައިންގެ ކުރީގެ ޗީފަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައި، ތުރުކީގެ ސަފީރު ކަމަށް ހަމަޖައްސަނީ

ސިފައިންގެ ކުރީގެ ޗީފަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައި، ތުރުކީގެ ސަފީރު ކަމަށް ހަމަޖައްސަނީ

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުން ރިޓަޔަރ ކުރައްވާފައިވާ ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަތީފަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަބްދުއްރަޙީމް އައްޔަން ކުރައްވާފައި ވަނީ ހުސްވި ހަފްތާގައެވެ. ފޮރިން މިނިސްޓްރީގެ އިސްބޭފުޅުން ބޭއްވި ބައްދަލުވުމެއްގައި އަބްދުއްރަޙީމް ބައިވެރިވެވަޑައިގެންނެވި ޓްވީޓެއްވެސް އެ މިނިސްޓްރީން ވަނީ ކޮށްފައެވެ.

ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އަބްދުއްރަޙީމް. ފޮޓޯ: ފޮރިން މިނިސްޓްރީ

އެނގިފައިވާ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އަބްދުއްރަޙީމްއަކީ ރާއްޖެއިން ތުރުކީ ވިލާތަށް އައްޔަން ކުރައްވާ ފުރަތަމަ ސަފީރު ކަމުގައިވެސް ސަރުކާރުން ވަނީ ހަމަޖައްސަން ނިންމަވާފައެވެ. އެހެންކަމުން އަބްދުއްރަޙީމް ތުރުކީގެ ސަފީރު ކަމަށް އައްޔަން ކުރައްވާނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ސަރުކާރުން މީގެކުރިން ވަނީ ތުރުކީގައި އެމްބަސީއެއް ހުޅުވަން ނިންމާފައެވެ.

ސިފައިންގެ ޗީފް ކަމުން އަބްދުއްރަޙީމް ރިޓަޔަރ ކުރައްވާފައި ވަނީ ހުސްވި އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުގައި 39 އަހަރު ހޭދަކުރެއްވުމަށް ފަހު، ރިޓަޔަރ ކުރެއްވީ އުމުރުފުޅުން 60 އަހަރު ފުރުމާއި ގުޅިގެންނެވެ. އަބްދުއްރަޙީމަކީ މީގެކުރިން ސިޔާސީ އެއްވެސް މަސައްކަތެއްގައި އުޅުއްވި ބޭފުޅެއްނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *