އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރަނީ

އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރަނީ

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް އެތަނުން 928 ޓަނުގެ ކުނި ނަގައިފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ސިޓީ ކައުންސިލުގެ އެ މަސައްކަތުގައި ވެމްކޯ، ލޯކަލް ގަވަރްނެސް މިނިސްޓްރޫ، ހައުސިން މިނިސްޓްރީ، އެމްޕީއެލް އަދި ފުލުހުން ދަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ވެމްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައި ސާފު ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިމުމަށްފަހު އެ ތަނުގައި ސެކިއުރެޓީ ގާޑެއް ބަހައްޓާނެ ކަމަށެވެ. އަދި އިންޑަސްޓްރިއަލް ޒޯނަށް ދެވެން ހުންނަ ބައެއް މަގުތަށް ބަންދު ކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

"އެކަމަކު ބޮޑެތި ކުނި ހިފައިގެން ނުވަދެވޭނެ, އެތަނުގައި ހުންނަ ވެމްކޯ ސްޓޭޝަން ފަޅިއަށް ދެވޭނީ. ޕެޓްރޯލް ޝެޑުތަކަށް ވެސް ދެވޭނެ. ބައެއް މަގުތަށް ބަންދު ކުރަނީ، އެއީ ޕިކަޕު ތަކުން ކުނި އަޅާތީ" ކައުންސިލުން ބުނެފައިވެއެވެ.

އިންޑަސްޓްރިއަލް ޒޯނަކީ ލައިޓުތައް ނެތުމުގެ ސަބަބުން އަލިކަމެއް ނެތް ސަރަހައްދަކަށް ވުމުން ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންތައް ތަކެއް ބައެއް މީހުން އިންޑަސްޓްރިއަލް ޒޯނުގައި ކުރަމުންދާ ކަމަށާއި އެކަންތައް ހުއްޓުވުމުގެ ގޮތުން އެ ސަރަހައްދުގައި ލައިޓު ހަރުކޮށް އަލި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *