ޕީއެސްއެމްގެ ޕްރޮގްރާމްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މީޑިޔާ ތަކަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފިން، ދައުލަތުގެ ބަޖެޓުން ފައިސާވެސް ދޭނަން: ނައިބު ރައީސް

މީޑިޔާ ތަކަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފިން، ދައުލަތުގެ ބަޖެޓުން ފައިސާވެސް ދޭނަން: ނައިބު ރައީސް

މީޑިޔާ ވިލެޖެއް ގާއިމްކޮށް، މީޑިޔާ ތަކަށް ބިން ދެއްވުމަށާއި، ދައުލަތުގެ ބަޖެޓުން މީޑިޔާ ތަކަށް ފައިސާ ދެއްވައި،  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްސަ އިންތައިވުއެއްގައި ނައިބު ރައީސް ވިދާޅުވީ، މީޑިއާ ތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެކި ތަންތަނުގައި ވަރަށް ދަތިހާލުގައި އުޅެން ޖެހުން ކަމަށެވެ. މީޑިޔާ ތަކަށް އެކަންކަން ފަސޭހަ ކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ ކަންތައްތައް ކުރެއްވުމުގައި އެ މަނިކުފާނު ދެމި ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ގޮންޖެހުމަށް ހައްލެއް ގެންނެވުމަށްޓަކައި މީޑިޔާ ތަކަށް ހުޅުމާލެއިން ބިމެއް ކަޑައަޅުއްވާފައިވާ ކަމަށާއި މީޑިޔާ ތަކުން ބޭނުންވާ ގޮތަށް އެ ބިމުން އެކި ތަންތަން ބައްޓަން ކުރެވިގެން ކުރިއަށްދާނެ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މީޑިޔާ ތަކަށް ފައިސާ ކަނޑައެޅުއްވުމަށް ރައީސް ވެ ވަޑައިގެންނެވި ވައުދުފުޅާ އެގޮތަށް އެކަންތައްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މީޑިޔާތަކަށް ފައިސާ ދޭން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އޮތީ އިދިކޮޅު ފަރާތް ތަކުގެ ސުޕަ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހެއް ކަމުން،  އެކަންތައް ތަކަށް ދަތިތައް ކުރިމަތިވެފައި ވީނަމަވެސް، ސަރުކާރަށް މެޖޯރިޓީ ލިބިފައި މިހާރު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމާއެކު އެކަން ތަންފީޒު ކުރާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *