ފަހި ދިރިއުޅުން ކުންފުނީގ އާ ލޯގޯ، ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފް އިފްތިތާޙު ކޮށްދެއްވަނީ

ފަހި ދިރިއުޅުން ކުންފުނީގެ ލޯގޯ ބަދަލު ކޮށްފި

ފަހި ދިރިއުޅުން ކުންފުނީގެ ލޯގޯ ބަދަލު ކޮށްފި

ފަހި ދިރިއުޅުން ކޯރޕަރޭޝަން ލިމިޓެޑް، (އެފްޑީސީ) ގެ ލޯގޯ ބަދަލު ކޮށްފިއެވެ.

އެ ކުންފުނީގެ އާ ލޯގޯ އިފްތިތާޙު ކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ. ލޯގޯ އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާގައެވެ.

އެ ހަފުލާގައި އެފްޑީސީން ކުރަމުން އަންނަ މަސައްކަތްތަކާއި، އެކި މަޝްރޫއު ތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓު ތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އެ ކުންފުނީގެ ފަރާތުން ވަނީ ހިއްސާކޮށްފައެވެ.

ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލު ކުރި ފަރާތަށާއި، "އައުޓްސްޓޭންޑިން ކޮންޓްރިބިއުޓަރާ އެވޯޑު" ހާސިލު ކުރި ފަރާތަށް އެވޯޑުތައް ހަވާލު ކޮށްދެއްވާފައެވެ. އަދި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ދޭ "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ވެސް ހަވާލު ކޮށްދެއްވީ ނައިބު ރައީސެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *