މިއަދު ފޮނަދޫގައި އޮތް މުޒާހަރާއަށް މީހުން އެއްވެފައި. ފޮޓޯ: ސޯޝަލް މީޑިޔާ

ސިހުރު ހެދި މީހަކާ ދެކޮޅަށް މުޒާހަރާކޮށް ބޮޑު ހަމަނުޖެހުން ގަނޑެއް

ސިހުރު ހެދި މީހަކާ ދެކޮޅަށް މުޒާހަރާކޮށް ބޮޑު ހަމަނުޖެހުން ގަނޑެއް

މިދިޔަ ރައްޔިތުންގެ މަޖީހުގެ އިންތިޚާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހްއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއާއި ދެކޮޅަށް އެ ރަށު މީހުން މުޒާހާރާކޮށް، ހަމަނުޖެހުން ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި 60 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި ކަމަށެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރު ކުރުމާއެކު، ފުނަދޫ ޕޮލިސް ސްޓޭޝަން ކައިރި އާއި ކޯޓު ކައިރިއަށް އެ ރަށު މީހުން ވަނީ އެއްވެފައެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯ އަކުން ފެންނަ ގޮތުގައި ކޯޓު ކައިރިއަށް އެއްވި މީހުން ވަނީ ކޯޓު ތެރެއަށް ވަންނަން މަސައްކަތް ކޮށްފައެވެ. އެއިރު ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާ ހުރީ ކޯޓު ތެރޭގައެވެ. ހަމަނުޖެހުން ހިނގީ، ކޯޓު ތެރެއަށް ވަންނަން އާންމުން އުޅުމުން ފުލުހުން އެކަމަށް ހުރަސް އެޅުމުންނެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށާއި އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފައެވެ.

އެނގިފައިވާ ގޮތުގައި ސިހުރު ހެދިމައްސަަލައި ގައި ހައްޔަރުކުރީ ތ. ވިލިފުށިން އެރަށަށް އައިސް އުޅުނު މީހެކެވެ. ސިހުރު ހަދާފައިވާކަން އެނގުނީ، އޭނާ ސިހުރު ހަދާތަން މީހަކަށް ފެނުމުންނެވެ. ސިހުރު ހަދާފައިވާ 'ލޯމުރު' (ލޮއިން ހަދާފައި ހުންނަ ތޫނު އެއްޗެއް) އެރަށުގެ ބައެއް ގޭގެއިންނާއި، ގަަސް ތަކަށް ޖަހާފައި ވަނިކޮށް ފެނިފައިވެއެވެ. އެތަން ތަނުގައި ސިހުރު ކަމަށް ބެލެވޭ ލިޔުން ތަކެއް ވެސް ލިޔެފައި ހުއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *