ޗިކުންގުންޔާ ހަލުވިކަމާއެކު އެބަފެތުރޭ، މިހާތަނަށް 134 ކޭސް ފެނިއްޖެ

ޗިކުންގުންޔާ ހަލުވިކަމާއެކު އެބަފެތުރޭ، މިހާތަނަށް 134 ކޭސް ފެނިއްޖެ

ޗިކުންގުންޔާ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި މިހާތަނަށް 134 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭން ބުނެފިއެވެ.

އެޗްޕީއޭން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން މާލެއިން ޗިކުންގުންޔާގެ 96 ކޭސް، ހުޅުމާލެއިން ޗިކުންގުންޔާގެ 34 ކޭސް އެއް ވަނީ ފެނިފައެވެ. ބާކީ ހަތަރު ކޭސް ފެނިފައި ވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

ތަފާސް ހިސާބުގައިވާ ގޮތުން ޗިކުންގުންޔާއަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރު ވެފައިވާ ފަރާތްތަކެވެ. ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށްވުރެ ދަށް ފަރާތްތަކެވެ.

އެޗްޕީއޭން ބުނީ ޗިކުންގުންޔާއަކީ ޑެންގޫ ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެއް ކަމަށެވެ. އެ ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވާނެ ކަމަށާއި ބަލި ރަނގަޅުވި ނަމަވެސް އެކަންކަން ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށެވެ.

އެ ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *