މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވައިފި

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނާކާމިޔާބަށް ފަހު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީއަކީ ކާމިޔާބާއި ނާކާމިޔާބުވެސް ތަޖުރިބާ ކޮށްފައިވާ ޕާޓީއެއް ކަމަށެވެ. މަޖިލިސް އިންތިޚާބުގައި ލިބުނު ނާކާމިޔާބަށް ފަހު ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު ޝާހިދު ވިދާޅުވީ އެމްޑީޕީ ކުރިއަށް ގެންދިޔުމަށްޓަކައި އަލުން ތަރުތީބު ވާންޖެހިފައިވާ ކަމަށެވެ.

"ޕާޓީ ކުރިއަށް ގެންދެވޭނީ އާންމު މެމްބަރުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު. އަދި ޒުވާނުންގެ ދައުރު އިތުރުކޮށްގެން. މި މަސައްކަތުގައި ކުރިއެކޭވެސް އެއްގޮތަށް ޕާޓީގެ މެމްބަރުންނާއިއެކު އަޅުގަނޑު ސާބިތުވެ ހުންނާނަން" ދާދިފަހުން އެމްޑީޕީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް ފަހު، މިރޭ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމާއި ހަމައަށް އެމްޑީޕީގެ ސިޔާސީ ހަރަކާތެއް ނެތުމާއެކު އެމްޑީޕީގައި ކުރިން އިސް ދައުރެއް އަދާކުރެއްވި ބަޔެއް ބޭފުޅުންވެސް ސޯޝަލް މީޑިޔާގައި ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *